ފިނިޕޭޖް

ސްޓައިލިޝް އެވޯޑް ޝާހިދު އަދި ދީޕިކާއަށް

Mar 27, 2017

އެޗްޓީ މޯސްޓް ސްޓައިލިޝް އެވޯޑްސްގެ މި ފަހަރުގެ ރަންވަނަތައް ޝާހިދު ކަޕޫރާއި ދީޕިކާ ޕަޑްކޯން އަދި ވަރުން ދަވަން ހޯދައިފި އެވެ.

ގިނަ ތަރިންތަކެއް ހާޒިރުވި މި އެވޯޑްގައި ޝާހިދު ކަޕޫރް ވަނީ އަހަރުގެ އެންމެ ސްޓައިލިޝް އެކްޓަރުގެ އެވޯޑް ހޯދާފަ އެވެ. ދީޕިކާއަށް ލިބިފައިވަނީ މޯސްޓް ސްޓައިލިޝް ގްލޯބަލް އައިކޮންގެ އެވޯޑެވެ. އަދި ވަރުން ދަވަންއަށް ލިބިފައިވަނީ އަހަރުގެ އެންމެ މަގުބޫލް އެކްޓަރުގެ އެވޯޑެވެ. އޭނާގެ ހުރިހާ ފިލްމްތަކަކީ ވެސް ކާމިޔާބު ފިލްމްތަކެއްކަން ފާހަގަކޮށްލެވެ އެވެ.

މި އެވޯޑް ހަފުލާގައި ބޮލީވުޑްގައި ގިނަ ދުވަސްތަކެއްވެފައިވާ އަޖޭ ދޭވްގަންއަށް ވެސް ހާއްސަ އެވޯޑެއް ދީފައިވެ އެވެ. އެއީ މޯސްޓް ސްޓައިލިޝް ސްޕަސްޓާގެ އެވޯޑެވެ. އަދި އަމީތާބު ބަޗަންއަށް ސްޓާ އޮފް ދަ މިލޭނިއަމް އެވޯޑް ލިބިފައިވެ އެވެ.

ރަންބީރު ކަޕޫރްގެ މަންމަ އާއި ބައްޕަ އަދި ކުރީގެ ވަރަށް މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރިޝީ ކަޕޫރާއި ނީތޫ ކަޕޫރަށް ވަނީ މޯސްޓް ސްޓައިލިޝް ޓައިމްލެސް ކަޕުލްގެ އެވޯޑް ދީފަ އެވެ. ޔޫތް އައިކަންގެ އެވޯޑް ލިބިފައިވަނީ ޕަރްނިތީ ޖޯޕްރާ އަދި އަޔުޝްމާން ކުރާނާއަށެވެ.

މޯސްޓް ސްޓައިލިޝް ރީޑާސް އެވޯޑް ލިބިފައިވަނީ ޝިދްހާތު މަލޯތްރާ އަދި ޝަރްދާ ކަޕޫރަށެވެ. ފްރެޝް ފޭސް އޮފް ދަ އިޔާގެ އެވޯޑް ހޯދާފައިވަނީ ސޫރަޖް ޕަންޖޯލީ އަދި ޑިޝާ ޕަޓާނީ އެވެ.