ލައިފްސްޓައިލް

ދަރިން ގައިގައި ބައްދާލަން އާދަކުރޭ!

Mar 28, 2017
1

ލޯބިން ދަރިން ގައިގަ ބައްދާލެވޭ ހެއްޔެވެ؟ އެކުދިންނަށް އުފަލެއް ލިބުނަސް އަދި ހިތާމައެއް ލިބުނު ނަމަވެސް ބައްދާލަން އާދަ ކުރާށެވެ. ސައިންސް ބުނާ ގޮތުން ބައްދާލުމަކީ ކުދިންނަށް އެތަށް ފައިދާ އެއް ކުރާ ކަމެއް ކަމަށެވެ.

ކްލިނިކަލް ސައިކޮލަޖިސްޓެއް ކަމަށްވާ ޕްރެނާ ކޯލި ވިދާޅުވާ ގޮތުގައި ބައްދާލުމަކީ ކުދިންނަށް ރައްކާތެރިކަން އިހުސާސްކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ވެސް އެކުދިން ކުޑައިރު ނިދާ އިރު އަބަދުވެސް މަންމަ ނުވަތަ ބައްޕަ ގާތުގައި އޮންނަން ބޭނުންވެ އެވެ. އެގޮތުން ކުދިން ނިދާއިރު ބައްދާލުމަކީ އެކުދިން ނިދަން ފަސޭހަވެ، ދަރިފުޅުގެ ހަށިގަނޑު ރިލެކްސް ކޮށްދޭނެ ކަމެކެވެ. އަދި މިގޮތަށް ބައްދާލުމުން ސްޓްރެސް ހޯމޯން ލެވެލް ދަށްވެ، ދަރިފުޅަށް ރައްކާތެރިކަން އިހުސާސްވެ ހަމަޖެހުން ލިއްބައިދެ އެވެ.

ދަރިފުޅާއެކު ސަކަރާތްޖަހާ ބައްދާލާ ހެދުމަކީ އެކުދިންގެ ހަށިގަނޑުގައި ވައިޓް ބްލަޑްސެލް އުފައްދާ މިންވަރު އިތުރު ކޮށްދިނުމުގެ އިތުރުން ދިފާއީ ނިޒާމްވެސް ވަރުގަދަ ކޮށްދޭނެ ކަމެއް ކަމަށް ފޯޓިސް މެމޯރިއަލް ރިސާޗް އިންސްޓިޓިއުޓްގެ ކާޑިއޮލަޖިސްޓް ޝަރަދް ތަންޑަން ވިދާޅުވި އެވެ.

އެހެންކަމުން ދަރިފުޅު ރޯލާ ފަހަރު ތަކުގައި އެކުދިންގެ ގައިގައި ބައްދާލުމުގެ ބަދަލުގައި ހުރިހާ ވަގުތުތަކެއްގައި ކުދިން ފެނުމާއެކު ބައްދާލަން އާދަ ކުރާށެވެ. މިއީ އަހެރެމެން މައިންބަފައިންނަށް ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ.