ބޭރު ކުޅިވަރު

މެސީ ހަަތަރު މެޗަށް ސަސްޕެންޑްކޮށްފި

Mar 28, 2017

ވޯލުވލްޑް ކަޕް ކޮލިފައިންގެ މެޗެއް ކައިރިވެފައިވަނިކޮށް، އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމުގެ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި އެވެ.

މެސީ ސަސްޕެންޑްކުރީ ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީ އަތުން 1-0 އިން ބުރާސްފަތި ދުވަހު ޗިލީ މޮޅުވި މެޗުގައި އެސިސްޓަންޓް ރެފްރީއާ ދިމާލަށް ބޭ އަދަބީ ބަހުން މުހާތަބުކުރުމުންނެވެ.

ސަސްޕެންޝަންގެ އިތުރުން މެސީ ވަނީ 8،1000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ.

މެސީ ސަސްޕެންޑްކުރިއިރު، ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ބޮލީވިއާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އޮތީ ތާވަލްގެ ތިންވަނައިގަ އެވެ. ދެކުނު އެމެރިކާ އިން ވޯލްޑް ކަޕަށް ސީދާ ޖާގަ ލިބޭނީ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށެވެ.