ޕީއެސްއެމް

މިއަހަރު ކޭބަލް ޓީވީގެ މުޅި ރާއްޖެއަށް ދޭނަން: ޕީއެސްއެމް

Mar 30, 2017
4

މި އަހަރު ތެރޭގައި މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ފަށާނެ ކަމަށް ޕަބްލިކްސް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފި އެވެ.

ޓީވީއެމްގެ އަހަރީ ދުވަހާ ގުޅުވައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ އަތޮޅުތަކުގައި ކޭބަލް ޓީވީ ހިދުމަތް ދޭ ފަރާތްތަކުން ޕީއެސްއެމާ ގުޅިގެން ކޭބަލް ޓީވީގެ ހިދުމަތް ދޭން މިހާރު ހުޅުވާލާފައިވާ ކަމަށާއި އޮޕަރޭޓަރުންނަށް ޕީއެސްއެމްއެގެ ހުރިހާ ޗެނަލަކާއި ރައިޓްސް ހޯދާ ހުރިހާ ޗެނަލްތައް ދޭނެ ކަމަށެވެ.

"މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ކޭބަލްޓީވީގެ ހިދުމަތް ދޭނަން. މި ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ އެންމެ ފަހުގެ ޒަމާނީ އާލާތްތައް ހޯދައި އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގެ މަސައްކަތްކަމަށް ވެސް އެބަހިނގާ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޕީއެސްއެމުން ކޭބަލް ޓީވީގެ ހިދުމަތް ދޭނީ ވަރަށް ހެޔޮ އަގެއްގައި ކަމަށެވެ.