މަރު

މޫދަށްދިޔަ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ އަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިޔަށް މޫދަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނިކޮށް ރިސޯޓްގެ ވިލު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ ކޯސްގާޑުން ބުނީ، އެ މީހާ ގެއްލިފައިވާ ކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާއަށް ލިބުނީ މިއަދު 6:30 އެހާކަންއިރު ކަމަށާއި، އެ ހަބަރު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ އެ ރިސޯޓްގެ މޫދުގެ ވިލުގެ އަޑީގައި އޮއްވާ ފެނިފައި ވަނީ މިރޭ 8:15 އިގައި ކަމަށެވެ.

އޭނާގެ މަރާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެމްއެންޑީއެފަކުން ނުބުނެ އެވެ. ނަމަވެސް އޭނާ އޮތީ މަރުވެފައިކަން އަވަސް އަށް ވަނީ ކަށަވަރުވެފައެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގެއް ކުރަމުންދާއިރު އުމުރުން 35 އަހަރުގެ ފިރިހެން މީހާ ގެއްލުނީ މިއަދު މެންދުރު ފަހު 2:00 ޖެހި އިރު މޫދަށް ގޮސް އުޅެނިކޮށެވެ. އެކަމަކު ކޮން ގައުމެއްގެ މީހެއް ކަމެއް ސާފެއް ނުވެއެވެ

މި މީހާ މަރުވި އިރު ރާއްޖެ އައިސް މޫދަށް އެރި ގެނބިގެންނާއި ސްނޯކަލިންގައި އޮޔާ ގޮސްގެން ޓޫރިސްޓުން ގެއްލުމާއި މަރުވުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. އަދި މިއަދު ރާއްޖޭގައި މަސައްކަތް ކުރަމުން އައި ބިދޭސީއަކު ވެސް ލ. ފޮނަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނެވެ.