ވިޔަފާރި

ގެޓްސެޓް ލޯނަށް ދާއިރު ޖަވާބު ބޭނުން ސުވާލުތައް!

Apr 1, 2017
2
  • އަދަދަކީ 200 މިލިއަން ރުފިޔާ
  • ދެ މީހަކު އެޕްލައި ކުރަން ޖެހޭނެ
  • މިއީ ރަހުނު ބަހައްޓާ ލޯނެއް ނޫން

"ޒުވާނުންގެ ލޯނު" ގެ ދެވަނަ ބުރު ގެޓްސެޓް ދޫކުރަން ތައްޔާރު ވެއްޖެ އެވެ. ފުރަތަމަ ބުރުން އެތަށް ވިޔަފާރިއެއް އުފަން ވެފައި ވަނިކޮށެވެ. މިހާރު މިވަނީ ލޯނުގެ ދެވަނަ ބުރުގެ ފޯމު ދޫކުރަން ފަށައިިފަ އެވެ. މި ލޯނަށް ވަރަށް ގިނަ ޒުވާނުން ލޯ އަޅާނެ އެވެ. އެހެންވެ ތިރީގައި މި ލިޔެލަނީ މި ލޯނު ނަގަށް ބޭނުންވާ މީހުންނަށް އެންމެ މުހިންމު ހަތް ސުވާލާއި އޭގެ ޖަވާބެވެ.

ގެސްޓްސެޓް ލޯނު ލިބޭނީ ކިހާވަރެއް ތަ؟

ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލާ ގެޓްސެޓް ލޯން ސްކީމްގެ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާ އެވެ. މި ލޯނު ސްކީމުން ލޯނު ލިބޭނެ އެންމެ މަދު އަދަދަކީ 300،000ރ. އެވެ. އަދި އެންމެ މަތީ އަދަދަކީ 800،000ރ. އެވެ.

ލޯނަށް އެދި ހުށަހެޅޭނީ ކޮން ބަޔަކަށް؟

މި ލޯނު ސްކީމް ވަރަށް ޒުވާން ވާނެ އެވެ. ޒުވާނުންނަށް ހާއްސަ މި ލޯނު ސްކީމުން ލޯނު ދޭނީ 18-35 އަހަރުގެ ޒުވާނުންނަށެވެ. އަދި ލޯނަށް އެދި ހުށަހަޅާއިރު ދެ މީހަކު އެޕްލައި ކުރަން ޖެހެ އެވެ.

މި ލޯނަށް އިކުޑިޓީ ނުވަތަ ރަހުނު ބޭނުންވާނެ ތަ؟ ލޯނު ދައްކަން ކިތައް އަހަރު ލިބޭތަ؟

މި ލޯނު ދޫކުރަނީ ރަހުނު ނެތި އެވެ. މިއީ ރަހުނު ބަހައްޓަން ޖެހޭ ލޯނެއް ނޫނެވެ. ލޯނު ދައްކަން ޖެހެނީ ނުވަ އަހަރުންނެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ.

ގެޓްސެޓް ދޫކުރަނީ ކިތަށް އިންޓްރެސްޓް ރޭޓުގަ؟

މި ލޯނު ދޫކުރަނީ ނުވަ ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ.

ލޯނު ލިބޭނީ ކިހިނެއް؟

މި ލޯނަށް ހުށަހަޅާ ދެ މީހަކު އެއް ބިޒްނަސް ޕްލޭނެއް ލާން ޖެހޭނެ އެވެ. ބިޒްނަސް ޕްލޭންގެ ފޯމެޓު އިކޮނޮމިކް މިނިސްޓްރީ ސައިޓުންނާއި ބިޒަންސް ސެންޓަރުތަކުން ލިބޭނެ އެވެ. އަދި ބިޒްނަސް ޕްލޭން ދިވެހިން ވެސް ހެދިދާނެ އެވެ. ބިޒްނަސް ޕްލޭން ހަދަން ޖެހޭނީ އިކޮނިމިކް މިނިސްޓްރީން ދޭ ފޯމެޓަށެވެ.

ގެޓްސެޓް ލޯނަށް އެޕްލައި ކުރަން ވަކި އޭރިއާތަކެއް ހުރޭތަ؟

މި ލޯނަށް އެދި ހުށަހަޅާ ބަޔަކަށް ކޮންމެ އޭރިޔާއެއް ވެސް ހިޔާރު ކުރެވިދާނެ އެވެ.

ލޯނަށް އެޕްލައިކުރާނީ ކިހިނެއް؟

ގެޓްސެޓް ލޯނަށް މިނިސްޓްރީއަށާއި ބިޒްނަސް ސެންޓަރުތަކަށްވެސް ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 16 އިން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް އޮންނާނެ ކަމަށެވެ.