ވިޔަފާރި

ޕްރިންޓިން އާއި އެޑްވަޓައިސިންގެ ފެއާއެއް ބާއްވަނީ

Apr 3, 2017
1

ޕްރިންޓިން އާއި އެޑްވަޓައިސިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ފެއާއެއް ބާއްވަން ހައިރައިސް އިން ތައްޔާރު ވެއްޖެ އެވެ.

އަމިއްލަ ގިނަ ފެއާތަކެއް އިންތިޒާމު ކުރާ ހައިރައިޒްއިން ބުނި ގޮތުގައި އޮކްޓޯބަރު މަހުގެ 19 އާއި 20 ވަނަ ދުވަހު ބާއްވާ "ޕްރިންޓް އެންޑް އެޑްވަޓައިސިން ސާވިސް ޝޯ 2017" ގައި ދާއިރާގެ ގިނަ ކުންފުނިތަކުން މިހާރު ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އެމްސެވަން އާއި ނޮވެލްޓީ އަދި ޕްރިންޓް ލެބްގެ އިތުރުން ސައިން އޯ ފްރޭމް އާއި ހެރިންސް ޓެލާސް އަދި ޓޮޕް ޕްރިންޓުގެ އިތުރުން ސްޓޭޖް ކޯ އާއި މެޓަލް ސައިން ހިމެނެ އެވެ.

ޕްރިންޓް އެންޑް އެޑްވަޓައިސިން ސާވިސް ޝޯގެ މެއިން ސްޕޮންސާއަކީ އެމްސެވަން އެވެ. އަދި ކޯ-ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވަނީ ނޮވެލްޓީ އާއި ޕްރިންޓް ލެބް އަދި ޓޮޕް ޕްރިންޓާސް އެވެ.

ޕްރިންޓް އެންޑް އެޑްވަޓައިސިން ސާވިސް ޝޯ 2017 އަކީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފެއާ އެވެ.