ހަބަރު

ރެއިންބޯ ސޭލް އަށް ޖައްސާލާ، ބެޑްރޫމް ސެޓެއް ލިބިދާނެ!

ރޯދަ މަހަށް އަމާޒުކޮށް ކޮށްގެން ރެއިންބޯއިން ހާއްސަކުރާ ސޭލެއް މިއަހަރު ވެސް ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިޔަށް ދާ މި ސޭލަކީ، ރެއިންބޯއިން ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސޭލެކެވެ.

ރެއިންބޯގެ ސޭލްސް އެންޑް މާކެޓިން އޮފިސާ ފާތުމަތު މިހުނާ ވިދާޅުވީ، މިއަހަރުގެ ސޭލުގައި ގަންނަ ތަކެއްޗައް، ހާއްސަ ޑިސްކައުންޓްތަކެއް ދިނުމުގެ އިތުރުން އަގު ހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށާއި ސޭލުގައި ގަންނަ ކޮންމެ އެއްޗަކާއެކު ކޫޕަނެއް ލިބޭނެ ކަމަށެވެ.

މި ކޫޕަންގެ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމްތަކެއް ދެއެވެ. އެއްވަނަ ފަރާތަކަށް ބެޑްރޫމް ސެޓެޓެކެވެ. ދެވަނަ ފަރާތަކަށް ސޯފާ ސެޓެކެވެ. ތިންވަނަ ދޮންނަ މެޝެނިކެވެ.

ސޭލް ކުރިޔަށް ދާނީ ޖޫން 22 ގެ ނިޔަލަށެވެ. ގުރުއަތު ނެގުން އޮންނާނީ ޖޫން 26 ގަ އެވެ.