ހަބަރު

ބޮޑެތި ޑިސްކައުންޓްތަކާ އެކު ޝީޝާގެ "އޭޕްރީލް ފެސްޓް" ފަށައިފި

ރާއްޖޭގައި ސައިކަލް ވިޔަފާރީގައި ނަން މަޝްހޫރު ޝީޝާ އިން ސައިކަލް ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ "އޭޕްރިލް ފެސްޓް" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މާލެއާއި ހުޅުމާލެ އަދި އައްޑޫގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝީޝާއިން ބުނި ގޮތުގައި، މި ޕްރޮމޯޝަން ކުރިޔަށް ދާއިރު އެ ކުންފުނިން ސައިކަލް ގަންނަ ފަރާތްތަކުގެ ތެރެއިން ސައިކަލްގެ އަގު އެއްކޮށް އަދާ ކުރާ ފަރާތްތަކަށް 3000 ރުފިޔާއާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) މެދުވެރިކޮށް ސައިކަލް ގަންނަ ފަރާތްތައް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޝީޝާއިން މި ފެށި ޕްރޮމޯޝަންގައި ޑިސްކައުންޓް ދޭނީ ޒޫމާ އެކްސް އާއި، ސްކޮޕީ އައި އާއި، ވޭވް 125އައި އަދި ވޭވް 110 އައިގެ މޮޑެލްގެ ސައިކަލް ތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޝީޝާއިން ބުނި ގޮތުގައި އިންސްޓޯލްމަންޓަށް ސައިކަލް ނަގާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ޑިސްކައުންޓް ތަކެއް ލިބޭނެ ކަމަށާއި، އިންސްޓޯލްމެންޓަށް ސައިކަލް ނަގާ ފަރާތްތަކުން ސައިކަލް އަށް ދައްކަން ޖެހޭ އަސްލު އަގުގެ 10 ޕަސެންޓް ދެއްކުމުން، އިންސްޓޯލްމެންޓަށް ދައްކަން ޖެހޭ އަގުގެ 20 ޕަސެންޓް ހެޔޮވެގެން ދާނެ ކަމަށެވެ.

ޝީޝާއިން އަންނަނީ ރާއްޖެއަށް ޒަމާނީ ފަހުގެ މޮޑެލްތަކުގެ ސައިކަލްތައް ތައާރަފްކޮށް ދިވެހިންގެ މެދުގައި މަގުބޫލްކަން ހޯދަމުންނެވެ.