ހަބަރު

ކޯޕަރޭޓް ގަވަނަންސް ވޯކްޝޮޕް މިމަހު ބާއްވަނީ

"ކޯޕަރޭޓް ގަވަނަންސް ފޯ ޓުވެންޓި ފަސްޓް ސެންޗަރީ ލީޑާސް" ވޯކްޝޮޕް މި މަހު ފަހުކޮޅު ކުރުނބާ މޯލްޑިވްސް ގައި ބާއްވަން ނިންމައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ކޯޕަރޭޓް ގަވަނަންސް ފޯ ޓުވެންޓި ފަސްޓް ސެންޗަރީ ލީޑާސް" ވޯކްޝޮޕްތަކަކީ ކުންފުނި ތަކުގެ އިސްވެރިންނަށް އަމާޒުކޮށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނަށް ކޯޕަރޭޓް ގަވަނަންސާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ވޯކްޝޮޕް ތަކެކެވެ. މި ވޯކްޝޮޕްތަކަކީ ސީއެމްޑީއޭ އާ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ސެކިއުރިޓީޒް އިންޑަސްޓްރީ ޑިވެލޮޕްމަންޓ ކޯޯޕަރޭޝަން (އެސްއައިޑީސީ) ގުޅިގެން ހިންގަމުން އަންނަ ވޯކްޝޮޕް ތަކެކެވެ.

މި މަހުގެ 26 ގައި ބާއްވާ ވޯކްޝޮޕް އަމާޒު ކުރާނީ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑު ކޯޕަރޭޓު ގަވަނަންސް އުސޫލުތަކާ އެއްގޮތަށް ބައްޓަންކޮށް އެ އުސޫލުތަށް ތަންފީޒު ކުރުމުގައި ޑިރެކްޓަރުންގެ ބޯޑުގެ ދައުރާ ގުޅޭގޮތުން ކަމަށެވެ.

އެ ވޯކްޝްޕް ތަކަކީ ރާއްޖޭގައި ކޯޕަރޭޓު ގަވަނަންސް ޕްރޮމޯޓް ކުރުމުގެ ގޮތުން ސީއެމްޑީއޭގެ ފަރާތުން ބާއްވަމުން އަންނަ ވޯކްޝޮޕް ތަކެކެވެ.