ލައިފްސްޓައިލް

ބަޓަރު ފުރިޖަށް ލުން މުހިންމެއް ނޫން

Apr 7, 2017

ބަޓަރު ގަނެގެން ގެއަށް ދިއުމާ ދެމެދު ހިނގާ ވަގުތެއް ފިޔަވާ އެހެން ހުރިހާ ވަގުތެއްގައިވެސް އޭގެ މަގާމަކީ ފްރިޖެވެ. ދެން އިތުރަށް ފްރިޖުން ނަގާނީ ކެއްކުމަށް ބޭނުން ކުރަން ވުމުންނެވެ. ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީވެސް އެހެންނެވެ. ބަޓަރަކީ ކޮންމެހެންވެސް ފުރިޖުގައި އޮންނަން ޖެހޭ އެއްޗެއް ގޮތުގަ އެވެ. އެހެން ނޫނީ ބަޓަރު ނުބައިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއީ މުޅިއަކުން ނުބައ ގޮތެއްވެސް ނޫނެވެ. ބަޓަރު ކޮންމެހެން ފުރިޖަށް ނުލިއަސް ރައްކާތެރި ކަމާއެކު ބެހެއްޓޭނެ އެވެ. ބަޓަރަކީ ޑެއިރީގެ އުފެއްދުމަކަށްވާއިރު އޭގެ ބޮޑު ބަޔަކީ ފެޓެވެ. އެހެން ކަމުން އޭގައި ބެކްޓީރިއާ އުފެދުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ އެވެ. އަދި ހާއްސަކޮށް ސޯލްޓެޑް ބަޓަރުގައި ބެކްޓީރިއާ އުފެދުމުގެ ފުރުސަތު ކުޑަ އެވެ. އޭގައި ހިމެނޭ ސޯޑިއަމް ކޮންޓެންޓްގެ ސަބަބުންނެވެ.

ނަމަވެސް ބަޓަރު ފްރިޖަށް ނުލާނަމަ އެއަށް ވައި ނުވަންނާނެ ފަދަ ގޮތަކަށް ރައްކާތެރި ކަމާއެކު ބަންދުކުރަން ޖެހެ އެވެ. އެންމެ ރައްކާތެރި ގޮތަކީ ބަޓާ ކްރޮކްއެއް ބޭނުން ކުުރުމެވެ. ބަޓަރުގެ ތެރެއަށް ވައި ވަދެއްޖެނަމަ ވަރަށް އަވަހަށް ބަޓަރު ނުބައި ވާނެ އެވެ.

ރަނގަޅަށް ބަންދުކޮށްގެން ފްރިޖަށް ނުލާވެސް ގާތްގަނޑަކަށް ދެ ހަފްތާ ވަންދެން ބަޓަރު ބޭނުންކުރެވޭނެ ކަމަށް އޯގަނިކް އޮތޯރިޓީތަކުން މައުލޫމާތުދެ އެވެ. ނަމަވެސް ބަދިގޭގެ ފިނިހޫނުމިން 21 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވެއްޖެނަމަ ބަޓަރު ފުރިޖަށް ލުން މުހިންމެވެ.

ސޯލްޓެޑް ބަޓަރު ފުރިޖަށް ނުލިއަސް އަން ސޯލްޓެޑް ބަޓަރު ފުރިޖުގައި ބެހެއްޓުން މުހިންމެވެ.