ލައިފްސްޓައިލް

އިރުގެ ހޫނުން ރައްކާތެރިވާނީ ކިހިނެއް؟

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ، މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ދަތި އުނދަގޫ ތަކެވެެ. ބައެއް ދުވަސްތަކުގައި ބޯ ވިއްސާރަ ކޮށްފައި، އަނެއްބައި ދުވަސްތަކުގައި އިރުގެ ހޫނު ގަދަ ވުމެވެ. ދުނިޔޭގެ ޗާޓުގައި ރާއްޖެ އިންނަ ސަރަހައްދުގެ ގޮތުން، ވިއްސާރައިގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ބޮޑެތި ކާރިސާތައް ކުރިމަތި ނުވި ނަމަވެސް، ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ދަތި އުދަނގޫތައް ރާއްޖޭގެ ރައްޔިތުން ވެސް ތަހައްމަލު ކުރާއިރު، ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ސިއްހި މައްސަލަ ތަކާވެސް ކުރިމަތި ވެއެވެ.

އިންސާނާގެ ހަމަކީ، ނާޒުކު އެއްޗަކަށް ވާއިރު، ކުރިމަތި ވެދާނެ ސިއްހީ މައްސަލަ ތަކުން ރައްކާތެރި ވުމަކީ، ވަރަށް މުހިންމު ކަމެކެވެ. ގިނަ ވަގުތު ގަދަ އަވީގައި ހޭދަ ކުރާނަމަ، ހަމަށް ނޭދެވޭ އަސަރުކޮށް، ސިއްހީ މައްސަލަތަކާއި ކުރިމަތި ކުރުވަ އެވެ. އެހެންކަމުން، މިކަމަށް ހާއްސަ ސަމާލު ކަމެއް ދީ، ރައްކާތެރި ވުމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ.

ފުރަތަމަ ކަމަކަށް، ހަންގަނޑާ ގުޅޭ ސަން ލޯޝަން އެއް ބޭނުން ކުރާށެވެ. ސަން ލޯޝަންއެއް ހިޔާރު ކުރާއިރު، ވީހާވެސް ބޮޑަށް ގުދުރަތީ މާއްދާތައް އެކުލެވޭ ލޯޝަނެއް ހިޔާރު ކުރާށެވެ. އޭގެ އިތުރުން، އެންމެ ދަށް ވެގެން އެސްޕީއެފް 30 އެކުލެވޭ ލޯޝަނެއް ހިޔާރު ކުރުމަށާއި، އަތްވައް ނުކުންނަނަމަ ސުން ލޯޝަން އުނގުޅައިގެން ނުކުތުމަށް ވެސް އިސްކަމެއް ދޭށެވެ. ދެވަނަ ކަމަކަށް، އަތްވަށް ކޮންމެ ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އަތްވަށް ނުނުކުންނާށެވެ. އަދި، ހޫނު ގަދަ ދުވަސް ތަކުގައި ގަދަ ކުލަ ކުލައިގެ ހެދުން ލުމަށް ވެސް މޫސުމާ ބެހޭ ވުޒާރާ ތަކުން އިލްތިމާސް ކުރައްވަ އެވެ. އަދި، ތިން ވަނަ ކަމެއްގެ ގޮތުގައި ގިނައިން ފެން ބޯން އާދަ ކުރުމަށާއި، ހޫނު ގަދަ ދުވަސް ދުވަހު، ބޮލުގައި ރިއްސުންފަދަ ކަންތަކުން ސަލާމަތް ވުމަށްޓަކައި ގިނައިން ފެން ބުއިމަށް ސަމާލު ކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ، ދުނިޔޭގެ ކޮންމެ ދިމާލެއް ބަލާލި ނަމަވެސް އެންމެ ހޫނުކަމާ އެކު ބަހުސް ކުރެވެމުންދާ، އެންމެ ބޮޑު އެއް މައުޟޫއެވެ. ދުނިޔެ ހޫނު ވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަަންތައްތަކަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ސަމާލު ކަން ދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާ އެކެެވެ.