ވިޔަފާރި

ޑީޕް ފްލައިޓް ސަމްބެރިންގެ ހިދުމަތް ރާއްޖޭގައި ފަށަނީ

Apr 12, 2017
1

ތިން މީހުންނާ އެކު އަޑިއަށްދެވޭ ގޮތަށް ދުނިޔޭގައި ހަދާފައިވާ ފުރަތަމަ ސަބްމެރިންގެ ހިދުމަތް ރާއްޖޭގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގައި މޫދު ކުޅިވަރުގެ ހިދުމަތްދޭ ދިވެހި ކުންފުންޏެއް ކަމަށްވާ އޯޝަން ކުންފުންޏާއި ޑީޕް ފްލައިޓް ސަބްމެރިން ގުޅިގެން މި ހިދުމަތް މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.

ޕައިލޮޓަކާއި ދެ ޓޫރިސްޓުން ގޮވައިގެން އަޑިއަށް ދެވޭ މި ސަމްބެރިންއަކީ ދުނިޔޭގައި ވެސް އުފައްދާފައިވާ ފުރަތަމަ ސަމްބެރިން އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކަށް އޯޝަން ގްރޫޕުގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން ޒާހިދު ވިދާޅުވެފައިވާ ގޮތުގައި މި ހިދުމަތް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ހާއްސަ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

"ޓޫރިޒަމާއި ހާއްސަކޮށް ރިސޯޓުތަކަށް ޔުނީކް ކަމަށް މި ހިދުމަތް ވެގެންދާނީ،" ޒާހިދު

ރާއްޖޭގައި ސަބްމެރިންގެ ހިދުމަތް ރިސޯޓުތަކަށް ދޭން ކުންފުންޏަކުން ތައްޔާރުވާއިރު، މިހާރު ވެސް ރާއްޖޭގައި ސަބްމެރިންގެ ހިދުމަތް ދަނީ ދެމުންނެވެ.