ހަބަރު

ޕޭ ކޮމިޝަން މެންބަރުންގެ މުސާރަ ކަނޑައަޅައި މަޖިލީހުން ފާސްކޮށްފި

ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަށް ރައްޔިތުންގެ މާލިއްޔަތު ކޮމިޓީއިން ކަނޑައަޅައި މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލްގެ ދަށުން އުފައްދާފައިވާ ޕޭ ކޮމިޝަންގެ މެންބަރުންގެ މުސާރަތައް މާލިޔަތު ކޮމިޓީން ނިންމެވި ގޮތަށް ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 52 މެންބަރުންނެވެ.

އެގޮތުން ޕޭ ކޮމިޝަންގެ ނައިބް ރައީސްއަށް 12،000 ރުފިޔާގެ މުސާރައެއް އަދި އެކޮމިޝަނުގެ އެހެނިހެން މެންބަރުންނަށް 10،000 ރުފިޔާގެ މުސާރައެއް ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ކޮމިޝަންގެ ރައީސްއަކީ އެ އިރެއްގައި ހުންނަވާ ފިނޭންސް މިނިސްޓަރެވެ.

ޕޭ ކޮމިޝަންގައި މުޅިއަކު ތިއްބަވާނީ ފަސް މެންބަރުންނެވެ. އަދި އެ މެންބަރުން ޕޭ ކޮމިޝަނުގައި މަސައްކަތް ކުރާނީ ފަސް އަހަރުގެ މުއްދަތަކަށެވެ.