ވިޔަފާރި

އީވޯ ފްލޯރިން: ނަން ހުސްކޮށް! ފްލޯރިން ވަރަށް ޗާލު

Mar 30, 2015

ބޭނުންވަނީ ކޮން ބާވަތެއްގެ ފްލޯރިންއެއް ހެއްޔެވެ؟ ބޭނުމީ ކޮން ކުލައެއްގެ ކާޕެޓެއް ހެއްޔެވެ؟ މި ކަމުގައި މިހާރު ސުވާލެއް ނެތެވެ. ދާގޮތަށް ދާންވީ "އީވޯ ފްލޯރިން" ފިހާރަ އަށެވެ. އިއްޔެ ހުޅުވި މި ފިހާރާގައި ކާޕެޓާއި ފްލޯރިން އަދި ތަށިމުށި ވެސް ލިބެން ހުރެ އެވެ.

"މި ފިހާރާގައި މިހުރީ ޖަރުމަނުގެ އުފެއްދުން ތަކެއް. މި އުފެއްދުންތައް ސީދާ މި ގެންދަނީ ޔޫރަޕުން،" ހެންވޭރު މެހެލި ގޯޅީ (މޫކައި ހޮޓާ ގޯޅީ) ގެ ތެރޭގައި ހުޅުވި މި ފިހާރައިން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

 

އީވޯހޯމް ހިންގަމުން ގެންދާ ކުންފުނިން ހުޅުވި އީވޯ ފްލޯރިން އިން ލިބެން ހުރީ ޖަރުމަނުގެ އެންމެ މަގުބޫލު ފްލޯރިން ބްރޭންޑު ކަމަށްވާ "ޕަރަޑޯ" ބްރޭންޑުގެ ފްލޯރިންނެވެ. މި ފްލޯރިންގެ ތެރޭގައި "އިންޖިނިއަރިން ވުޑް ފްލޯރިން" ގެ ރޭންޖުތައް ވެސް ހިމެނެ އެވެ. އަދި ހާއްސަ ވަރުގަދަ ފަށަލައެއް ދުއްވާލާފައިވާ "ލެމިނޭޓިން ފްލޯރިން" ވެސް ހިމެނެ އެވެ. މި ބާވަތްތަކީ ފާރުގައި ވެސް ފަސޭހަކަމާއެކު ތަތްކޮށްލެވޭ ބާވަތްތަކެވެ. އަދި ޕަރަޑޯގެ ފްލޯރިންއަކީ ތިމާވެއްޓާއި ރަހުމަތްތެރި ބާވަތްތަކެކެވެ.

އޮފިޝަލް ވިދާޅުވީ އިވޯ ފްލޯރިންއިން ވިއްކާ ފްލޯރިންތަކުގެ އެއް ތަފާތަކީ ހަރު ކުރުމަށް ކްލިޕް ސިސްޓަމެއް މި އުފެއްދުންތަކުގައި ބޭނުންކޮށްފައި ހުރުން ކަމަށެވެ.

"މި ހުންނަނީ ކްލިޕް ތަކެއް ގޮތަށް ލޮކް ކޮށްލެވޭ ގޮތަށް. މިއީ މީގެ ވަރަށް ހާއްސަ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އިވޯ ފްލޯރިން ފިހާރައިން އެކި ކުލަ ކުލައިގެ ރީތި ކާޕެޓު ވެސް ލިބެން ހުރެ އެވެ. މި ކާޕެޓުތަކުގެ ހާއްސަ އެއް ކަމަކީ ކާޕެޓުތައް ހަރުކޮށް "މަލަރު" ކޮށްލެވޭ ގޮތަށް ހުރުމެވެ. މިއީ ފަސޭހަކަމާއެކު ނައްޓާލުމަށް ފަހު ހަރުކޮށްލެވޭ ކާޕެޓް ތަކެކެވެ.

"ކާޕެޓުގައި ކްލިޕް ހުރުމަކީ ރާއްޖެއަށް އާ ކަމެއް. ކްލިޕް ސިސްޓަމްގެ ބެނެފިޓަކީ، އެއް ޕީސް ހަލާކުވިއަސް ވަކިން ޕީސްއެއް ގަނެލެވޭކަން. މުޅި ކާޕެޓު އެއްކޮށް ގަންނާކަށް ނުޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އިވޯ ފްލޯރިން މި ފިހާރާގައި ވަރަށް ހާއްސަ ތަށި މުއްޓެއް ވެސް ލިބެން ހުރެ އެވެ. އަދި ފްލޯރިން މަތީ ހިނގާއިރު ފައިވާނުގެ އަޑު މަޑު ކުރުމަށް ހާއްސަ ލޭއާއެއް ވެސް މި ފިހާރައިން ވިއްކަ އެވެ. ފްލޯރިން އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެހެރީ މި ފިހާރައިން ލިބޭށެވެ. 

މި ފިހާރާގައި އެންމެ ފެންވަރު ރަނގަޅު ފްލޯރިން ލިބެން ހުރިއިރު އަގުތައް ވެސް ހުރީ ވަރަށް އެކަށީގެންވާ ގޮތެއްގަ އެވެ. އާއްމުކޮށް މާލޭގައި ހުރި ފްލޯރިންނާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު އުފެއްދުންތަކެއް ވަރަށް "ރީޒަނަބަލް" އަގުތަކުގައި ލިބެ އެވެ. 

"އަގުތައް ވަރަށް ރީޒަނަބަލް ވާނެ. އަޅުގަނޑުމެން ހަމައެކަނި ވިއްކަނީއެއްނޫން މި ގެންގޮސް ހަރުކޮށްދިނުމުގެ ހިދުމަތްވެސް އެޑިޝަނަލް ޗާޖަކާއިއެކު ދެން،" އޮފިޝަލް ވިދާޅުވި އެވެ.