ވިޔަފާރި

ސަޓާ އެވޯޑަށް ނޮމިނޭޝަން ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލަނީ

Apr 16, 2017
  • ނޮމިނޭޓް ކުރުމުގެ ސުންގަޑިއަކީ 30 މެއި
  • އެވޯޑު އޮތީ އޮކްޓޫބަރު މަހު ރާއްޖޭގައި
  • ދެކުނު އޭޝިއާއަށް ހާއްސަ އެވޯޑެއް

ދެކުނު އޭޝިޔާގެ ޓޫރިޒަމަށް ހާއްސަކޮގެން ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) ގައި ބައިވެރިވުމަށް ނޮމިނޭޝަން ހުޅުވާލުމާއެކު ގިނަ ބަޔަކު ކުރިމަތިލާން ފަށައިފި އެވެ.

ސަޓާ އެވޯޑު އިންތިޒާމުކުރާ، ހައިރައިޒްއިން ބުނީ 36 ދާއިރާއަކުން ދޭ ސަޓާ އެވޯޑަށް ގިނަ ކުންފުނިތަކުން ނޮމިނޭޝަން ފޮނުވަމުންދާ ކަމަށާއި މި އަހަރު އިންޑިޔާ އާއި ސްރީލަންކާ، ރާއްޖެ އަދި ބޫޓާން ހިމަނާފައިވާ ކަމަށެވެ.

ސަޓާ އެވޯޑަށް ނޮމިނޭޝަންތައް ހުޅުވާލިއިރު، މި އެވޯޑު ވަނީ ނޭޕާލް ސަރުކާރުގެ ޓޫރިޒަމް ބޯޑުން ސަޓާ އެވޯޑު އެންޑޯޒް ކޮށްފަ އެވެ.

ސަޓާ އެވޯޑު އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ސަޓާ އެވޯޑު ބޭއްވީ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ. ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.

މި އަހަރުގެ ސަޓާ އެވޯޑަށް ނޮމިނޭޝަންތައް ފޮނުވުމުގެ އެންމެ ފަހުގެ ތާރީހަކީ މެއި މަހުގެ 30 އެވެ. އަދި މި އެވޯޑު މިއަހަރު އޮންނާނީ އޮކްޓޫބަރު މަހު ރާއްޖޭގަ އެވެ.