ވިޔަފާރި

އެއާ އޭޝިޔާއިން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ފަށައިފި

Apr 19, 2017
2

ދުނިޔޭގެ އެންމެ ބޮޑު އެއް ބަޖެޓް އެއާލައިން ކަމަށްވާ، އެއާ އޭޝިޔާ އިން އެ ކުންފުނީގެ ރާއްޖޭގެ އުދުހުންތަކުގައި ބޭނުން ކުރާ ފްލައިޓް ބޮޑުކޮށް، ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ފަށައިފި އެވެ.

އެއާ އޭޝިޔާގެ ރާއްޖޭގެ، އެޖެންޓް އޯލް އެޗް މޯލްޑިވްސްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މިދިޔަ މަހުން ފެށިގެން ކޮންމެ ދުވަހަކު ފްލައިޓްތައް ފަށާފައިވާއިރު، ފްލައިޓުގެ ސައިޒުވެސް ބޮޑުކޮށްފައިވާ ކަމަށެވެ.

"ކުރިން ފްލައިޓްގެ ކެޕޭސިޓީއަކީ 180 މީހުން. އެކަމަކު މިހާރު ވަނީ ފްލައިޓްގެ ކެޕޭސިޓީ ވަނީ 373 އަށް އިތުރުކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.

އެއާ އޭޝިޔާ އިން ރާއްޖެއަށް ދަތުރު ކުރުމަށް ބޭނުން ކުރަނީ އެއާބަސް 330 ގެ ފްލައިޓެކެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން އެއާއޭޝިޔާގެ ހެޑް އޮފް ކޮމާޝަލް ސްޕެންސާ ލީ ވިދާޅުވީ ފްލައިޓްތައް އިތުރުކޮށްފައިވަނީ މަކާއޯއާއި ރާއްޖެއަށް ކަމަށެވެ.

"މި ފްލައިޓްގެ މަގުސަދަކީ ދަތުރުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުން،" ސްޕެންސާ ވިދާޅުވި އެވެ.