ވިޔަފާރި

ވެލިގާ ހާޑްވެއާގެ ނަސީބުވެރިޔާއަށް އައިފޯން ރެޑް ހަވާލުކޮށްފި

Apr 19, 2017
1

އެކި ތަފާތު ވައްތަރުގެ ޒަމާނީ ހާޑްވެއާ ވިއްކުުގައި މަޝްހޫރުކަން ހޯދާފައިވާ ވެލިގާ ހާޑްވެއާގެ ނުވަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިންގި ޕްރޮމޯޝަނުން ނަސީބުވެރިއަކަށް ހޮވުނު ފަރާތަށް އައިފޯން ރެޑް ހަވާލުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ހާޒިރުގައި ޑިޖިޓަލް ސިސްޓަމެއް ބޭނުންކޮށްގެންނެވެ. ފޭސްބުކް އަދި ޓްވިޓާގައި ކުރިޔަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ފޭސްބުކް ޔޫސާ "ފާތިމަތު ޔޫ ޔޫހާ، ފާތިމަތު ޔޫހާ އިބްރާހިމް އެވެ.

މި ޕްރޮމޯޝަންގެ އިނާމެއްގެ ގޮތުން ހުށައަޅާފައިވާ، އެޕަލް ކުންފުނިން މި ފަހުން ނެރުނު އައިފޯން ރެޑް ސްޕެޝިއަލް އެޑިޝަން ފޯން ހަވާލުކޮށްފައި ވަނީ އިއްޔެ ހަވީރު ވެލިގާ ހާޑްވެއާގެ ފަސް ނަމްބަރު ފިހާރައިގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.