ބޮލީވުޑް

ސޮހާ އާއި ކުނާލް އަށް ކުއްޖަކު ލިބެނީ

Apr 22, 2017

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އެކްޓަރު ކުނާލް ކޭމޫ އާއި ބަތަލާ ސޮހާ އަލީ ޚާން އަށް ކުއްޖަކު ލިބެން އުޅޭ ކަމަށް ކުނާލް ބުނެފި އެވެ.

އަލަތު ދަރިފުޅަށް ބަލިވެއިންކަން ހާމަކުރަމުން ކުނާލް ވަނީ އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ކަމުގެ ހަބަރާއެކު ވަރަށް އުފަލުން ތިބި ކަމަށާއި ސޮހާ މިއަހަރުގެ ފަހުކޮޅު ވިހާނެ ކަމަށެވެ.

"އަހަރުމެންގެ ފުރަތަމަ ދަރިފުޅު ލިބޭތީ މިތިބީ ވަރަށް އުފަލުން. ހެޔޮ ދުއާ ފޮނުވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ކުނާލް ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

ކުނާލް އާއި ސޮހާ އެންމެ ފުރަތަމަ ދިމާވެފައިވަނީ 2009 ވަނަ އަހަރު މިދެތަރިން އެކުގައި ކުޅުނު "ޑޫންޑްތެ ރެހެ ޖާއޮގީ" ގެ ޝޫޓިންގެ ތެރެއިންނެވެ.

ވަރަށް ގިނަދުވަސް ވަން ދެން ލޯބީގެ ގޮތުން އުޅުމަށްފަހު ސޮހާ އާއި ކުނާލް ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު އެވެ.

މިދެތަރިން ފުރަތަމަ ދަރިފުޅި ލިބެން އުޅޭ ކަމުގެ ހަބަރާ އެކު އުފަލުން ތިބިއިރު، ސޮހާގެ ބޭބެ، އެކްޓަރު ސައިފް އަލީ ޚާން އާއި އޭނާގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރަށް ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހު ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. ތައިމޫރް އަލީ ޚާން އަކީ ކަރީނާގެ ފުރަތަމަ ދަރިފުޅު ނަމަވެސް، ސައިފް މީގެކުރިން އަމްރިތާ ސިންގްއާ ކައިވެނިކޮށްގެން ވަނީ ސާރާ ޚާން އާއި އިބްރާހީމް ޚާން ލިބިފަ އެވެ.