ހަބަރު

"އެންމެ ގާތުން" ކެމްޕޭނުގައި މެޑަމް ގދ. ނަޑެއްލާއަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް، ފާތުމަތު އިބްރާހިމް ފައްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިންގައި އެކަމަނާ މިއަދު ގދ. ނަޑެއްލާ އަށް ވަޑައިގެންފި އެވެ.

މެޑަމް ފާތުންގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންއަކީ މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ގޭގެއަށް ވަޑައިގެން، އެމީހުންގެ ހާލު ބައްލަވައި، މިހާރުން މިހާރަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. އެގޮތުން ނަޑެއްލާގެ ރައްޔިތުންގެ ހާލު ބަލުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގާތަށް ވަޑައިގަންނަވާނެ އެވެ.