ދުނިޔެ

ނައިޖީރިއާގެ އިދިކޮޅު ލީޑަރު އިންތިހާބު ކާމިޔާބުކުރައްވައިފި

Apr 1, 2015

ބުހާރީ އުޅުއްވަނީ ޖޮނަތަން އަށް ވުރެ ދެ މިލިއަނަށް ވުރެ ގިނަ ވޯޓު ކުރީގަ އެވެ.

އިންތިހާބުގައި މަކަރާއި ހީލަތުގެ ބައެއް އަމަލުތައް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވިޔަސް އޮބްޒާވަރުން ވަނީ އިންތިހާބުގެ ކަންކަން އާންމުގޮތެއްގައި ރަނގަޅު ކަމަށް ވިދާޅުވެ، އިންތިޒާމުތަކަށް ތައުރީފު ކުރައްވައިފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ މަކަރު ހެދި ކަމުގެ ތުހުމަތުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިނގުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.

ބުހާރީގެ އޯލް ޕްރޮގްރެސިވް ކޮންގްރެސް (އޭޕީސީ) އިން ބުނީ ރައީސް ޖޮނަތަން އަމަލުކުރެއްވި ގޮތުން ސުލްހަޔަށް ވަރަށް ބޮޑަށް މަގު ފަހިވެއްޖެ ކަމަށެވެ.

"މި ނިންމުމުގެ ސަބަބުން ޖޮނަތަން ވެގެން ގޮސްފައި މި ވަނީ ބަތަލަކަށް. މަސްރަހުގެ ހޫނުކަން އޭނާގެ ނިންމެވުމުގެ ސަބަބުން، ހީކުރެވިފައި ނުވާ ގޮތަކަށް ކުޑަވެގެން ދާނެ،" އޭޕީސީގެ ތަރުޖަމާނަކު ވިދާޅުވި އެވެ. -- ބީބީސީ