ވިޔަފާރި

ކޮކާ ކޯލާ ދިވެހިންނާ އެކު 25 އަހަރު: ހާއްސަ ޕްރޮމޯޝަނެއް!

Mar 31, 2015

މި ޕްރޮމޯޝަނަށް ހާއްސަކޮށްގެން އެ ކުންފުނީގެ އުފެއްދުންތަކުގެ ފުޅީގެ މަތިވެސް ވަނީ ހުދުކުލައަށް ބަދަލުކޮށްފަ އެވެ.

މި ޕްރޮމޯޝަންގައި ދޭ އިނާމުތައް ވިޔަފާރި ކުންފުނިތަކުން އާއްމުކޮށް ބާއްވާ ޕްރޮމޯޝަންތަކާ މުޅިން ތަފާތެވެ. މި ޕްރޮމޯޝަންގެ އިނާމުތައް ބޮޑެވެ. މި ޕްރޮމޯޝަންގައި ހަ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓު ލިބެ އެވެ. އަދި ސިންގަޕޫރުގައި ހުންނަ މަޝްހޫރު ޔުނިވާސަލް ސްޓޫޑިއޯ އަށް ދިއުމުގެ ފުރުސަތުވެސް ލިބެ އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މީގެ އިތުރުން ޔަމަހާގެ ސައިކަލް ވިއްކާ އެލިޔާއިން މި ޕްރޮމޯޝަނަށް އެންމެ ފަހުގެ 12 ސައިކަލް ހުށަހަޅާފައި އެވެ. އެންމެ ފަހުގެ މޮޑެލްތަކުގެ މި ސައިކަލްތައް ހަމަ ގައިމު ވެސް 12 މީހަކަށް ލިބޭނެ އެވެ.