ވިޔަފާރި

އެފްއެންބީ ޝޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

Apr 24, 2017

އަންނަ މަހު ބާއްވާ "އެފްއެންބީ ޝޯ" ގެ ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެއާ އިންތިޒާމު ކުރާ ހައިރައިޒްގެ
ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން އެވެ.

މި ފެއާގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ލިލީ އިންޓަނޭޝަނަލް އާއި އޮންދިގޯ އަދި ލޮޓަސްގެ އިތުރުން ޗެންލް 13 އާއި ސަން މީޑިޔާ އަދި ޑަައިން އާއި ސްޓޭޖް އަދި ސްޓެލްކޯ ހިމެނެ އެވެ. މި ފެއާގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި މުދާ ވިއްކުމަށް ހާއްސަކޮށް ބާއްވާ ފެއާ އެކެވެ.

އެފް އެންޑް ބީ ޝީ މި އަހަރު އޮންނާނީ އަންނަ މަހުގެ 18-20 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ.

ހައިރައިޒްއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިވެންޓްތައް އޮގަނައިޒް ކުރާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ބާއްވާ އަނެއް ފެއާއަކީ ވެކޭޝަން އެކްސްޕޯ އެވެ.