ހަބަރު

ފުލުހުން ޖާބިރު ހޯދަން ފަށައިފި

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ގެޔަށް ފުލުހުން މިއަދު ވަދެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖާބިރު ހޯދުމަށް އޭނާގެ ގެޔަށް މިއަދު ފުލުހުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޖާބިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި މިހާރު ހުންނަވާ ބޭފުޅެކެވެ. އެނާ މީގެ ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑު ސަޕޯޓްކުރައްވަމުން ގެންދެވި ނަމަވެސް ޓެކްސް ނުދައްކައިގެން ޖާބިރުގެ ކުންފުނީގެ އެކައުންޓް ފްރީޒްކުރި ހިސާބުން އޭނާ ގެންދަވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.