ވިޔަފާރި

ގެޓްސެޓަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 18 އަށް އިތުރުކޮށްފި

Apr 27, 2017

ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ކުރިއަށް ގެންދާ "ގެޓްސެޓް" ލޯން ފްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ 18 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ގެޓްސެޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވެފައިވާއިރު، ގިނަ އަދަދެއްގެ ޒުވާނުން މުއްދަތު އިތުރު ކޮށްދޭން އެދެމުންދާ ކަމަށެވެ. އަދި މުއްދަތު އިތުރު ކުރަން ނިންމީ އެހެން ވެގެން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލާ ގެޓްސެޓް ލޯން ސްކީމްގެ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާ އެވެ. ރަހުނަކާ ނުލައިމި ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއްގެ ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ދެއްކުމަށް ހަތަރު އަހަރާއި ނުވަ އަހަރު ލިބެ އެވެ.

ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ތައާރަފް ކުރި ގެޓް ސެޓް ލޯން ސްކީމްގެ ތެރެއިން މީގެ ކުރިން ވަނީ 72 ޒުވާނަކަށް ލޯނު ދީފި އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ވިޔަފާރީގެ ތެރެއަށް ވަދެ، ތަރައްގީ ހޯދާފަ އެވެ.