ހަބަރު

ހުޅުދޫ، މީދޫގެ ނަރުދަމާގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މި ދެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެންވާރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

މީދޫ އަދި ހުޅުދޫގެ ނަރުދަމާގެ މަސައްކަތް މިއަދު ފެށިިއިރު އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި އެހެން ރަށްތަކުގެ ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ އެވެ. އެއީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެވެ. މި ތިން ރަށުގެ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މިއީ 130.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އައްޑޫ ސިޓީގެ ނަރުދަމާގެ މަޝްރޫއުއަށް ހަރަދު ކުރަނީ އޯޕެކްގެ ލޯން އެހީ އަދި ދިވެހި ސަރުކާރުންނެވެ.