ވިޔަފާރި

ބްރައިޑް ފެއާ ހޮނިހިރު ދުވަހު ފަށަނީ

Apr 2, 2015

"ފިލިޕްސް ބްރައިޑް ފެއާ" ހޮނިހިރު ފަށާނެ ކަމަށް ބްރައިޑް މޯލްޑިވްސް އިން ބުނެފި އެވެ.

ކައިވެނީގެ ރަސްމިއްޔާތުތައް ރާވައި އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އެއް ފުރާޅެއްގެ ދަށުން ފެނިގެންދާ ބްރައިޑް ފެއާ އޮންނާނީ މިމަހުގެ 4-6 އަށް ދަރުބާރުގޭގަ އެވެ. މި އަހަރުގެ ފެއާގައި 22 ސްޓޯލެއް ހުންނާނެ އެވެ.

ކުރިން ބްރައިޑް ފެއާ ބޭއްވުމަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މާލެއިން ފެން ކެނޑުނު ހާދިސާއާ ގުޅިގެން އޭޕްރީލް މަހަށް ފަސްކުރީ އެވެ.

ބްރައިޑް މޯލްޑިވްސް މިއީ މިފެއާ އިންތިޒާމުކުރާ ފަސްވަނަ ފަހަރެވެ. މި ފެއާގައި ފެޝަން ޑިޒައިނަރުންނާއި މޭކަޕް އާޓިސްޓުން އަދި ކައިވެނީގެ ރަސްމިއްޔާތު ތަކަށް ކެއުންތައް ތައްޔާރުކުރާ ފަރާތްތަކުންވެސް ބައިވެރިވެ އެވެ. އަދި މި ފެއާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ފޮޓޯގްރަފަރުންވެސް ފެނިގެންދެ އެވެ.