އެކްސިޑެންޓް

ކަލައިދޫގައި އެކްސިޑެންޓެއްވެ މީހަކު މަރުވެއްޖެ

Apr 29, 2017

ލ. އަތޮޅު އިސްދޫ ކަލައިދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ. އުމުރުން 27 އަހަރުގެ އެ ޒުވާނާ މަރުވީ އެކްސިޑެންޓަށް ފަހު ފަރުވާއަށް އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި ޒުވާނާ މަރުވި އެކްސިޑެންޓް ހިނގީ އިދާރީ ގޮތުން ދެރަކަށް ވަކިކޮށްފައިވާ ކަލައިދޫ އާއި އިސްދޫގެ ޅޭ ބޮޑު މަގުން މިރޭ ސައިކަލްގައި ދަނިކޮށް ސައިކަލް ކަހާލައިގެން ވެއްޓި ޖެހުމުގެ ސަބަބުންނެވެ.

ފުލުހުން އޭނާ ވެއްޓި ޒަހަމްވި އިރު ސައިކަލް ދުއްވާފައި ވަނީ އާދައިގެ ވަރަކަށް ކަމަށެވެ. މިރޭ 10:00 ޖެހި އިރު ސައިކަލް ކަހާލައިގެން ވެއްޓުނު ޒުވާނާ މަރުވި އިރު އޭނާ ވެއްޓުނު ސަރަހައްދުގައި ވަރަށް ގިނަ ލޭތައް ބިމަށް އޮހިފައި ހުއްޓެވެ. މި ހާދިސާއާ ބެހޭ އިތުރު ތަފުސީލުތަކެއް ސާފެއް ނުވެއެވެ.

މިރޭ، އެކްސިޑެންޓެއްގައި މީހަކު މަރުވި އިރު މިއަދު އިރު އޮއްސުނު ވަގުތު ކ. ތުލުސްދޫގައި ބޯޅަ ކުޅެން ހުރި ޒުވާނަކުވެސް ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.