ހަބަރު

ފާރިސްއަށް ދައުވާ ނުކުރަން ޕީޖީއިން ނިންމައި މައްސަލަ ފޮނުވާލައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ހުށަހަޅާފައިާ މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ދަށުން ފާރިސްއަށް ދައުވާ ކުރަން ބެލި އިރު މުއްދަތު ހަމަވެފައިވާތީ އެ ދައުވާ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

ފާރިސްއަށް ދައުވާ ކުރަން ފޮނުވާފައިވަނީ ދައުލަތުން އޭނާ ކުރައްވާފައިވާ ހަރަދެއް އަނބުރާ ދައްކަވާފައިނުވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހަށް ތަހުގީގުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދެ އަހަރުގެ ތީމްގޭ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ރައީސް މައުމޫން ވަނީ ގާތް ބޭފުޅުންނަށް ބޮޑެތި ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރައްވާފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށާއި ބައެއް ބޭފުޅުންގެ ހަރަދުތައް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.