ރޯދަ މަހާ ރޯއްޖާ

އަންނަ ރޯދަ މަހު ވެސް އަގު ހެޔޮ ފިހާރަތައް ހޮވަނީ

Apr 30, 2017

ބާޒާރުގެ އެންމެ އަގު ހެޔޮ ފިހާރަތައް މި ރޯދަ މަހު ވެސް ހޮވަން ނިންމައި، ބައިވެރިވާން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިިފި އެވެ.

އިކޮނޮމިކް މިނިސްޓްރީއިން މި ޕްރޮގްރާމް ހިންގަނީ ރޯދަ މަހު އެއްބާވަތެއްގެ މުދާ ތަފާތު އެކި އަގުތަކުގައި ލިބެން ހުންނަ އިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެން ހުންނަ ފިހާރަތަކާ ބެހޭ މައުލޫމާތުތައް އާންމުންނަށް އަންގައި ދިނުމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގައި ކާބޯތަކެތި ގަނޑުކޮށް އަދި ވަކިވަޖިން ވިއްކާ ފިހާރަތަކުގެ އެއްބާރުލުމާއެކުގަ އެވެ.

އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ހިމެނޭ ބާވަތްތަކާއި އެތަކެތި ވިއްކަން ހުރި ފިހާރަތައް ކޮންމެ ދުވަހެއްގެ ހެނދު 10:30 ގެ ކުރިން ލިބޭ މައުލޫމާތުތައް ދިރާސާ ކުރުމަށްފަހު ލިސްޓުގައި ހިމެނޭ ތަކެތި އެންމެ ހެޔޮ އަގުގައި ލިބެން ހުންނަ ފިހާރަތަކުގެ ނަންތައް މިނިސްޓްރީގެ ވެބްސައިޓްގަ އާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް އާއްމު ކުރާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.