ލައިފްސްޓައިލް

މައްސަރު ކަންތަކުގެ ވޭން ކުޑަ ކުރަން ޔޯގާ ހަދާބަލަ

May 1, 2017
3

މައްސަރު ކަންތަކާއި ގުޅިގެން އަންހެނުންގެ ހޯމޯނަށް ބޮޑެތި ބަދަލު ތަކެއް އާދެ އެވެ. ހާއްސަކޮށް މޫޑަށް ބޮޑެތި ބަދަލު ތަކެއް އައިސް ކާހިތްނުވެ ކަންތައްތަކުގެމަތިން ފޫހިވެ، ރުޅި ވެސް ގަދަވާ ގޮތް ވެއެވެ. މިއީ ގުދުރަތީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލާއި ގުޅިގެން ދިމާވާ ކަންތައް ތަކެކެވެ.

މީގެ އިތުރުން ވެސް ދަށްބަނޑަށް ތަދުވުމާއި ބޯ އެނބުރުމާއި ހޮޑުލަވާފައި ހުރުމަކީ ވެސް މައްސަރު ކަންތަކާއި ގުޅިގެން އަންހެނުންނަށް އާންމުކޮށް ދިމާވާ ކަންކަމެވެ.

ފަހުގެ ދިރާސާއިން ދައްކާ ގޮތުން މައްސަރު ކަންތަކާއި ގުޅިގެން މީހާގެ ހަށިގަނޑަށް އަންނަ ފިޒިކަލް އަދި ސައިކޮލަޖިކަލް ބަދަލު ތަކުގެ ފަރުވާ އަކަށް ޔޯގާ ފުދެ އެވެ. އެ ދިރާސާގައިވާ ގޮތުން ޔޯގާއަކީ މައްސަރު ކަންތަކާއި ގުޅިގެން މޫޑް ބަދަލު ވުމުގެ މައްސަލައަށް އޮތް ހައްލެކެވެ.

އެ ދުވަސްވަރު ވާ ތަދުތަކަށް ވެސް ޔޯގާއިން ލުޔެއް ގެނެސްދޭ ކަމަށް އެ ދިރާސާ އާންމުކޮށްފައިވާ ޖާނަލް އޮފް އަލްޓަނޭޓިވް އެންޑް ކޮމްޕްލިމެންޓަރީ މެޑިސިންގައި ބުނެފައި ވެއެވެ. ޔޯގާއަކީ މީހާގެ ދުޅަހެޔޮކަމަށް ވެސް މަގުފަހިކޮށްދޭނެ ކަމެކެވެ.

ވީމާ މައްސަރު ކަންތަކާއި ގުޅިގެން ވާ އުނދަގޫތަކަށް ހައްލު ހޯދަން ކާ ބޭސްތައް ދޫކޮށްލުމަށްފަހު، އަޖުމަ ބަލައިލާން ޔޯގާ ހަދަން ފަށާށެވެ.