ވިޔަފާރި

އިންޓަނެޓް ލައިގެން މެކްބުކް ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ފަރާތްތަކަށް މެކްބުކް ޕްރޯ އެއް ދިނުމުގެ ޕްރޮމޯޝަނެއް ދިރާގުން އިއްޔެ ފަށައިފި އެވެ.

ދިރާގުން ބުނީ މިމަހު އެކަކުން ފެށިގެން 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ފަރާތަކަށް މެކްބުކް ޕްރޯއެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ތެރޭގައި ކަނެކްޝަން ނަގާ ފަރާތްތަކަށް ކަނެކްޝަން ހިލޭ ގުޅައިދޭނެ ކަމަށާއި ފުރަތަމަ ދެ މަހުގެ މަހު ފީން 25 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއީ އެކުންފުނީގެ ކަސްޓަމަރުންނަށް ރޯދަ މަހާ ގުޅުގިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި އަދި ކުރިޔަށް އޮތްތާގައި ރޯދަމަހާއި ގުޅިގެން އިތުރު ޕްރޮމޯޝަން ތައް އިއުލާން ކުރުމަށް ރާވާފައިވާ ކަމަށެވެ.