ވިޔަފާރި

އަޒަރުބައިޖާން ޓޫރިޒަމް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

އަޒަރުބައިޖާންގައި ކުރިއަށްދާ އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ (އޭއައިޓީއެފް) ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ކަމަށްވާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އިސް ނަގައިގެން މި ފެއާގައި ބައިވެރިވެ ދަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. މި ފެއާގައި ރާއްޖޭގެ 10 ކުންފުންޏަކުން ފަސް ފަރާތެއް ބައިވެރިވެފައިވެ އެވެ.

މި ފެއާގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ރާއްޖޭން ވަނީ ނިއުސް ކޮންފަރެންސެއް ވެސް ބާއްވާފަ އެވެ. އަދި މިފެއާގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑަށް އަޒަރުބައިޖާންގެ ރައީސްގެ ދެ ކަނބަލުން ވަނީ އިއްޔެ ޒިޔާރަތް ކުރައްވާފަ އެވެ.

އަޒަރުބައިޖާންއަކީ ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ގައުމެކެވެ. މި ގައުމުން މިދިޔަ އަހަރު ރާއްޖެއަށް 789 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.