ވިޔަފާރި

ރާއްޖޭގައި އިންޑިއާ އިން އިންވެސްޓްކުރުމަށް ދިވެހި ސަފީރު ގޮވާލައްވައިފި

Apr 4, 2015

ރާއްޖޭގައި އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް، ރާއްޖެ އިން އިންޑިއާ އަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ގޮވާލައްވައިފި އެވެ.

"މިހާރުގެ ސަރުކާރުން ބޭނުންވަނީ ކަނޑައަޅާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ވަރަށް އަވަހަށް ހާސިލުކުރަން،" އިންޑިއާގެ ހިންދޫ ބިޒްނަސް ލައިން އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭ ހައި ކޮމިޝަންގެ އޮފިޝަލުން ވިދާޅުވި ކަމަށް ހިންދޫގައި ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކަމަށާއި އެންމެ ފަހުން ވެސް، ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އެ ގައުމުން ނުނިކުމެވިފައި ތިބި ދިވެހި ދެ ދަރިވަރުން ޔަމަނުން ބޭރު ކުރުމުގައި ވެސް އިންޑިއާ އިން އެހީވީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.