ވިޔަފާރި

ބޭނުން ކުރެވޭ ރިޒާވް ފަސް ޕަސެންޓް އިތުރުވެއްޖެ

May 8, 2017
1

ބޭނުން ކުރެވޭ ރިޒާވް ނުވަތަ "ޔޫޒަބަލް ރިޒާވް" މާޗު މަހު ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ މިދިޔަ މަހުގެ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން މާޗު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 224.7 މިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 213 މިލިއަން ޑޮލަރެވެ. މިއީ ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ޔޫޒަބަލް ރިޒާވްއިން ދައްކުވައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުންކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މާހު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިވާޒްގައި ހުރީ 501.2 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރިޒާވް އިތުރު ވެގެން ގޮސްފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ އިތުރުން އިންޑިއާގެ ޖީއެމްއާރަށް ފައިސާ ދައްކަން ބޮންޑް ގަނެފައިވަނީ ވެސް މި ފައިސާއިންނެވެ. ނަމަވެސް އެ ފައިސާ ދަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އިން ދައްކަންމުންނެވެ.