ލައިފްސްޓައިލް

ބައެއް ހެދުން ތަކުންވެސް ސިއްހަތަށް ގެއްލުން ވެދާނެ

May 9, 2017
1

އެންމެ ފަހުގެ ފެޝަނެއް ނުކުންނަ އިރަކަށް އެ ޒާތެއްގެ ހެދުންތައް ގަނެ އެއްކުރުމަކީ މިހާރުގެ ޒުވާނުންގެ މެދުގައި މަޝްހޫރުވެފައިވާ ކަމެކެވެ. ފާޑެއްގެ ވާދަވެރިކަމެއްވެސް ބައެއް ފަހަރު އުފެދޭ ކަމެކެވެ. އެ ހެދުމަކާއި ގުޅޭ ފައިވާން އަދި ގަހަނާވެސް ހޯދަ އެވެ. ފެޝަނަކީވެސް ދިރިއުޅުމުގެ ބަޔަކަށް މިވަނީ ބަދަލުވެފަ އެވެ. ނަމަވެސް ހެދުން އެޅުމުގައި ސަމާލުކަން ދޭން ޖެހޭ އިތުރު ކަމެއް އެބަ އޮތެވެ. އެއީ ސިއްހަތަށް ނުވަތަ ހަށިގަނޑަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ހެދުން އެޅުމެވެ. ބައެއް ކަހަލަ ހެދުމާއި ފައިވާން ފަދަ ތަކެއްޗަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކަމެކެވެ.

ޖިންސަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ޖިންސު ނުލާ މީހުން ގުނާލެވޭހާ މަދުވާނެ އެވެ. އަދި އާންމުކޮށް ޖިންސުލާ އެންމެންނަކީވެސް އެންމެ ފަހުގެ ފެޝަނެއްގެ ޖިންސު ބޭނުންކުރާ މީހުންނެވެ. އެގޮތުން ބައެއް ފަހަރު މާ ބާރުކޮށް ޖިންސު ލާ މީހުން އުޅެ އެވެ. ޖިންސްގެ ގޮށްތައްވެސް އަޅުވަން ޖެހެނީ ބަނޑު ހިންދާލާށެވެ. ލައިގެން ހުންނަ އިރު ބަލައިލަން ރީއްޗަސް އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. އެއީ ފައި އައްސިވެ ފައިގެ ނާރުތަކަށް ގެއްލުން ލިބޭ ކަމެކެވެ. އަދި ޖިންސު މާ ބާރު ވުމަކީ އެސިޑް ރިފްލަކްސް އުފެދެންވެސް މެދުވެރިވާ ކަމެކެވެ. މިކަންކަމަކީ ހަށިގަނޑުގައި ހުރި ޓިޝޫތަކަށް ގެއްލުނވެ ޓިޝޫތައް ދުޅަވާ ކަމެކެވެ.

ބައެއް ކަހަލަ ފޮތި އަކީވެސް ސިއްހަތަށް އެކަމުން ގެއްލުން ލިބޭ ކަހަލަ ފޮތި އެވެ. އެ ބްރޭންޑްތަކުގެ ފޮތިން ހޯމޯންތަކަށް ގެެއްލުން ލިބެ އެވެ. ބައެއް ފަހަރު ކެންސަަރަށްވެސް މަގުފަހި ކުރުވަ އެވެ. އެހެން ކަމުން ހެދުން ގަންނަ އިރު އެ ހެދުމެއް ތައްޔާރުކޮށްފައި ހުންނަ ފޮއްޗަކި ސިއްހީ ގޮތުން ހަށިގަނޑަށް ގެއްލުން ނުލިބޭ ކަހަލަ ފޮތީގެ ހެދުން ގަތުމަށް ސަމާލުކަން ދޭން ވާނެ އެވެ.

ހައި ހީލްސް އަކީވެސް ޒުވާން އަންހެން ކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އޮފީހަށް ނުވަތަ ރަސްމީ ހެދުންތަކާއެކު އާންމުކޮށް ބޭނުން ކުރަނީ ހައި ހީލްސް އެވެ. ބަލައިލަން ރީތި ނަމަވެސް ހައި ހީލްސަ އަކީ ބުރިކަށީގެ ކަތިތަކަށާއި ކަކުލަށް އަދި ލޮލަށް އެކަމުން ގެއްލުން ލިބޭ އެއްޗެކެވެ. ކޮޅަށް ހިމަކޮށް ހުންނަ ބޫޓަކީވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ހައި ފައިގެ އިނގިލިތަކަށް ގެއްލުން ލިބޭ އެއްޗެކެވެ.

ބައެއް ފަހަރު ތަންކޮޅެއް ބަރު ގަހަނާ ބޭނުން ކުރެވެ އެވެ. ބަރު ކަންފަތު މުދި އަދި ފަށް ބޭނުންކުރުމަކީ މައްސަލައެއް ކަމަކަށް ގިނަ މީހުން ނުދެކެ އެވެ. ނަމަވެސް ބަރު ކަންފަތުގައި ލާ އެއްޗެހި ބޭނުންކުރުމަކީ ކަންފަތުގެ ފޫޅުގަނޑަށް ގެއްލުން ލިބޭ ކަމެކެވެ. އަދި މާ ބަރު ފަށް ކަރުގައި އެޅުމަކީވެސް ކަނދުރާގެ ކަށިތަކަށް ގެއްލުން ލިބި ކަށިތަކުގައި ރިއްސަން މަގުފަހި ކުރުވާ ކަމެކެވެ.

ހަށިގަނޑުގެ ބައްޓަމަށް ފަހާފައި ހުންނަ ހެދުމަކީ ވެސް ގެއްލުން ހުރި ކަމެކެވެ. އެއީ ގުނަވަންތަކަށް ޕްރެޝަރު ބޮޑުވެ އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. މި ކަހަލަ ހެދުން މާ ގިނަ ގިނައިން ނުވަތަ ގިނަ އިރުވަންދެން ލައިގެން ހުރުމަކީ އެސިޑް ރިފްލަކްސް އުފެދި މޭ އެންދުމާއި، ނާރުތަކަށް ގެއްލުން ލިބޭ ކަމެކެވެ.