ލައިފްސްޓައިލް

ރޮނާލްޑޯ ލެގަސީގެ ޕްރައިވެޓް އެޑިޝަން، މިވަރެއް ނެތް

May 8, 2017

ދުނިޔޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 31، އަކީ ހަމަ އެކަނި ފުޓުބޯޅަ ސެލެބްރިޓީ އެއް ނޫނެވެ. ރޮނާލްޑޯ ވަނީ އޭނާގެ އަމިއްލަ ބްރޭންޑެއް އުފައްދާފަ އެވެ. އަދި އަމިއްލަ ބްރޭންޑްގެ ތެރެއަށް ސެންޓު ވެސް މިވަނީ ތައާރަފް ކޮށްފަ އެވެ.

އެގޮތުން އޭނާގެ ފުރަތަމަ ސެންޓު، ކްރިސްޓިއާނޯ ރޮނާލްޑޯ ލެގަސީ ވަނީ 2015 ވަނަ އަހަރު ނެރެފަ އެވެ.

އަނެއްކާ ވެސް މިވަނީ ލެގަސީ ސީޒަންގެ އިތުރު ފުޅި އެއް ނެރެފަ އެވެ. މިދިޔަ އަހަރު ފަހުކޮޅު ލޯންޗު ކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ލެގަސީ:ޕްރައިވެޓް އެޑިޝަން މިހާރު ރާއްޖެއިން ލިބެން އެބަހުއްޓެވެ.

ރޮނާލްޑޯގެ ލެގަސީ ޕްރައިވެޓް އެޑިޝަންގެ 100 އެމްއެލް މިވަގުތު ރާއްޖެއިން ލިބެން ހުރީ ހަމައެކަނި ލެޕާފިއުމް އިން ނެވެ.

މި ފަހަރު ނެރުނު އާ ސެންޓު ޕްރައިވެޓް އެޑިޝަންގެ ވަސް ކުރިން ނެރުނު ކްރިސްޓިއާނޯ ރޮނާލްޑޯ ލެގަސީގެ ވަހަށް ވުރެ ގަދަވެފައި ހިތްގައިމެވެ.

އެގޮތުން ޕްރައިވެޓް އެޑިޝަންގެ ޓޮޕް ނޯޓްސްގެ ގޮތުގައި ބޭނުންކޮށްފައިވަނީ މެޕްލް ސެޕް އާއި ބަސިލް ލީފްގެ އިތުރުން ނެރޯލި އެވެ. އަދި މިޑްލް ނޯޓްސްގައި ބޭނުންކޮށްފައިވަނީ ސެޑާ، ކެލާ، ވޫޑް އަދި ޓޮންކާ ބީން އެވެ. ބޭސް ނޯޓްސް އަކީ އެމްބާ، ވެނީލާ، މޮސް އަދި މަސްކް އެވެ.