ވިޔަފާރި

މިދިޔަ މަހުގެ އާމްދަނީ 26 ޕަސެންޓް އިތުރުވެއްޖެ

May 11, 2017
  • ޖީއެސްޓީގެ ގޮތުގައި 658 މިލިއަން
  • ބީޕީޓީގެ ގޮތުގައި 28 މިލިއަން
  • ގްރީން ޓެކުހުގެ ގޮތުގައި 52 މިލިއަން

މިދިޔަ މަހު ދައުލަތައް އާމްދަނީގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާއާއެކު އާމްދަނީ 26.5 ޕަސެންޓް އިތުރުވެއްޖެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ އެޕްރީލް މަހު ދައުލަތައް އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ އޭގެ ކުރީ އަހަރުގެ އެޕްރީލް މަހު ލިބުނު 890.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 26.5 ޕަސެންޓް އިތުރުވުމެކެވެ.

މި މުއްދަތުގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 658 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 28 މިލިއަން ރުފިޔާ ލިބުނެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 52 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ އިން ބުނި ގޮތުގައި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވަނީ 55 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނީ 43.1 މިލިއަން ޑޮލަރެވެ.