ވިޔަފާރި

ޖީއެސްޓީ ނުދައްކާ 91 ވިޔަފާރީގެ ނަން އާއްމުކޮށްފި

May 11, 2017

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނުދައްކާ 19 ކުންފުނީގެ ނަންތައް ޓެކްސް އިދާރާއިން އާއްމުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން، ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 16 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 75 ފަރާތަކާއެކު ޖުމުލަ 91 ފަރާތެއްގެ ނަން ހިމެނެ އެވެ.

މީރާއިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައި ވާނެ ކަމަށައި ނަމަވެސް މެސެޖުކޮށްގެންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

ދައުލަތައް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.