ހަބަރު

އޭޕްރީލް މަހުގެ އިމްޕޯޓް ނުވަ ޕަސަންޓް މައްޗަށް

މިދިޔަ އޭޕްރީލް މަހުގެ ރާއްޖެއިން އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ނުވަ ޕަސެންޓް މަތި ވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އޭޕްރީލު މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލް މަހު އެ އަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 21 ޕަސެންޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓް ކޮށްފައިވާއިރު، އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާއިރު، 16 ޕަސަންޓް އިންޑިޔާއިން އަދި 12 ޕަސެންޓް އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ.

މިދިއަ އޭޕްރީލް މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ފާއިތުވި އޭޕްރީލް މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޭޕްރީލުމަހާ އަޅާބަލާއިރު 21 ޕަސެންޓް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު އޭޕްރީލް މަހު 353 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރު ކޮށްފައިވާއިރު މިއަހަރު އޭޕްރީލް މަހު އެ އަދަދު ވަނީ 279 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިދިޔަ އޭޕްރީލް މަހު އެކްސްޕޯޓްކުރި މުދަލުގެ 39 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިދިއަ އޭޕްރީލް މަހު ފަސް ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 203 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު އޭޕްރީލް މަހު ލިބިފައިވަނީ 214 މިލިއަން ރުފިޔާއެވެ.