ވިޔަފާރި

ބީއެމްއެލްގެ ނަމުގައި ފޭކް އީމެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އަންގައިފި

Apr 5, 2015

ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ފޭކް އީމެއިލްތަކެއް އެ ބޭންކުގެ ކަސްޓަމަރުންނަށް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެ ބޭންކުން މިއަދު އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ރަސްމީ ފޭސްބުކް ޕޭޖްކޮށްފައިވާ އިއުލާނެއްގައިވަނީ ކަސްޓަމަރުގެ އެކައުންޓްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަމަށް ބުނެ ލިންކްތަކެއް ހިމަނައިގެން އެ ބޭންކުގެ ނަމުގައި ބައެއް ކަސްޓަމަރުންނަށް އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އީމެއިލްތަކަކީ އެ ބޭންކުގެ ފަރާތުން ފޮނުވަމުންދާ އެއްޗެއް ނޫންކަން ކަމަށާއި އެހެންވެ އެ އީމެއިލްތަކަށް ޖަވާބު ނުދިނުމަށް ވެސް އެ އިއުލާންގައި އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން ބީއެމްއެލްގެ ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރަންޖެހޭނީ އެ ބޭންކުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އިންޓަނެޓް ބޭންކިނަށް ޚާއްސަކޮށްފައިވާ ވެބް އެޑްރެސް މެދުވެރިކޮށްގެން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.