ހަބަރު

ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައި ރާއްޖެއާ މެލޭޝިއާ ސޮއިކުރަނީ

May 15, 2017

ރާއްޖެއިން އިސްނަގައިގެން ދިވެހި ސަރުކާރާއި މެލޭޝިއާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފުރަތަމަ ބުރުގެ މަޝްވަރާތައް މިއަދު ފަށައިފި އެވެ.

މީރާއިން ބުނީ ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރި ތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއިން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މައުލޫމާތުތައް ބަދަލު ކުރަން މަގުފަހިވާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލުކުރީ މީރާ އިންނެވެ. މެލޭޝިއާ ތަމްސީލުކުރީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީ އާއި އިންލަންޑް ރެވެނިއު ބޯޑެވެ.