އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެންބަރަކު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

May 17, 2017

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސް އަދި މެންބަރުކަމުގެ މަގާމުގައި ހުންނެވި، ޝިފާގު މުފީދު އިސްތިއުފާދެއްވައި ސަރުކާރުގެ މަގާމަށް ވަޑައިގެންނެވުމުން ހުސްވެފައިވާ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މިފުރުސަތު ހުޅުއްވާލައްވާފައިވަނީ، މިމަހުގެ 24 ގެ ނިޔަލަށެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެ އެވެ.