އެމްޑީއޭ

ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން ރޫޅައެއް ނުލެވޭނެ: އެމްޑީއޭ

May 17, 2017
1

ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން ރޫޅާލައި ހަލާކު ކޮށްލަން އެމްޑީޕީން ވަރަށް ބޮޑަށް ރާވައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަންކަން ކާމިޔާބު ނުވާނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި އެމްޑީއޭ އަދި ޑީއާރްޕީ ވެސް ހިމެނޭ ގޮތަށް ކުރިޔަށްގެންދާ ސިޔާސީ ހަރަކާތުގެ މިރޭގެ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން ރޫޅައިލުމަށް އެމްޑީޕީ އާއި އެހެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާއިރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށާއި އޭނާއަށް އެމްޑީޕީއާ ގުޅުމަށް އެދި ގުޅަމުންވެސް އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން ކަމަށާއި އެއީ ހުވަފެނެއް ކަމަށެވެ.

"އަޅުގަނޑުމެން ގާތުގައި އެދެނީ ބޮޑުފަޅިއަކީ އެއީ ގުޅޭ... އަޅުގަނޑު ދަންނަވާނީ އެއީ ދުވަހަކުވެސް އިރާދަ ކުރެއްވިއްޔާވާނެ ކަމެއް ނޫނޭ، އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އަބަދުވެސް ތިބޭނީ ރައީސް އަބްދުﷲ ޔާމީނާއެކުގައޭ، މިއީ އެއްބަނޑު އެއްބަފާ ގުޅުމޭކޭ" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2018 ގައި ބޮޑު ފަޅި ދައްކާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ކަމަށެވެ.