ދުނިޔެ

ްް

May 18, 2017

އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ގާނޫނެއް އޮސްޓްރިއާ ޕާލަމެންޓުން ފާސްކޮށްފި އެވެ.

އޮސްޓްރިއާ ޕާލަަމެންޓުން އަންގާރަ ދުވަހު ފާސްކުރި ގާނޫނުގައިވާ ގޮތުން އާއްމު ދަތުފަތުރާއި ކޯޓްތަކުގައި މޫނު ބުރުގާ އަޅައިގެން ތިބޭ އަންހެނުން 150 ޔޫރޯއިން ޖޫރިމަނާ ކުރާނެ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އޮކްޓޫބަރުމަހު އެވެ.

އޮސްޓްރިއާގެ ޗާންސެލާ ކްރިސްޓިއަން ކާންގެ އޮފީހުގެ ސްޓޭޓް ސެކްރެޓަރީ މުނާ ޑުޒްޑާރް ވިދާޅުވި ކަމަށް ނިއުޔޯކްޓައިމްސް ބުނީ މޫނުބުރުގާ އެއެޅުން މަނާކުރުމަކީ އެގައުމަށް ހިޖުރަކުރާ މީހުން އެގައުމުގެ ސަގާފަތަށް ހޭނުވުމަށް ހެދި ގާނުނެއްގެ ބައެއް ކަމަށެވެ. އެގާނޫނުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި އޮސްޓްރިއާއަށް ރެފިއުޖީންގެ ގޮތުގައިދާ މީހުން އެގައުމަށް ހޭނުމުގެ ކޯސްތަކެއް ހަދަން މަޖުބޫރުކުރުމާއި ޖަރުމަނު ބަސް ދަސްކުރުމުގެ ފިލާވަޅުތަކެއް ނެގުން ހިމެނެއެވެ. އަދި އެގައުމަށް ހިމާޔަތަށް އެދި އަންނަ މީހުން ހުށަހަޅާ ހުށަހެޅުންތައް މުރާޖައާ ކުރުމަށް ހޭދަވާ މުއްދަތުގައި އެމީހުން ލައްވާ ހިލޭ ސާބަހަށް މަސަައްކަތް ކުރުވުމުގެ ފުރުސަތުވެސް އަންގާރަދުވަހު ފާސްކުރި ގާނޫނުން އޮސްޓްރިއާ މީހުންނަށް ލިބި އެވެ.