ވިޔަފާރި

ކޮކާކޯލާ ކުންފުނިން ތާޒާ ޖޫހެއް ބާޒާރަށް ނެރެފި

ތާޒާ މޭވާގެ ތާސީރު ހިމެނޭ "މިނިޓް މެއިޑް ޕަލްޕީ" ޑްރިންކް ރާއްޖޭގެ ބާޒާރަށް ކޮކާކޯލާ ކުންފުނިން އިން މިއަދު ނެރެފި އެވެ.

މި އުފެއްދުން ނެރުން އޮތީ ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކޮކާކޯލާއިން ނެރުނު ޖޫހާ ބެހޭ ގޮތުން، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންޑް ދެނެސާރީ ވިދާޅުވީ މި ބުއިމަކީ ތާޒާ މޭވާ ކާމީހުންނަށް ހާއްސަ އުފެއްދުމެއް ކަމަށެވެ. އަދި މި އުފެއްދުމަކީ ދުނިޔޭގެ "ނަމްބަރު ވަން" ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ތާޒާ މޭވާ ކަނީ އޭގެން ލިބޭ ފައިދާގެ ސަބަބުން. މިގޮތަށް ބަލާއިރު ވެސް މި އުފެއްދުމަކީ އެންމެ ރަނގަޅު އެއް އުފެއްދުން،" މިލިންޑް ވިދާޅުވި އެވެ.

ކޮކާކޯލާ ކުންފުނިން ބާޒާރަށް ނެރުނު، މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ދެ ވައްތަރެއް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މިކްސް ފުރުޓާއި އޮރެންޖު ޖޫހެވެ. އަދި މި ދެ ބާވަތްތައް އުފައްދާފައިވަނީ އޮރެންޖުގެ ކުދި އެތިކޮޅުތަކެއް ހުންނަ ގޮތަށެވެ. އަދި މިކްސްފުރުޓް ޖޫސް ތައްޔާރު ކޮށްފައިވަނީ އަލަނާސި އާއި އޮރެންޖު އަދި މޭބިސްކަދުރާއި ފޭރު ހިމަނައިގެންނެވެ. މީގެ 290 އެމްއެލްގެ ފުޅި ވިއްކާއިރު، މީގެ ފުޅިއެއްގެ އަގު އުޅެނީ 12ރ. އަށެވެ.

"މިނިޓް މެއިޑް" އަކީ 1945 ވަނަ އަހަރު އެމެރިކާގެ ފުލޮރިޑާގައި އުފެއްދި ޖޫސް ބްރޭންޑެކެވެ.

ޖޫސް ބްރޭންޑެއް ކޮކާކޯލާއި ބާޒާރަށް ނެރުނުއިރު ޑައެޓް ކޯކާއި ފެންޓާގެ ވައްތަރުތައް ވެސް އެ ކުންފުނިން ދަނީ ވިއްކަމުންނެވެ.