ދުނިޔެ

ލަންކާގެ ބަނދަރު މަޝްރޫއަކަށް ހަރަދުކޮށްދޭން ޗައިނާއިން ހުށަހަޅައިފި

May 18, 2017
1

ސްރީލަންކާގެ ހަމްބަންޓޯޓާގައި ބަނދަރަކާއި ލޮޖިސްޓިކްސް އެންޑް އިންޑަސްޓްރިއަލް ޕާކެއް ތަރައްގީ ކުރަން ހަރަދުކޮށްދޭން ޗައިނާއިން ހުށަހަޅައިފި އެވެ.

ޗައިނާގެ ހުށަހެޅުން އައިސްފައި މިވަނީ ހަމްބަންޓޯޓާ ބަނދަރު ތަރައްގީ ކުރަން ޗަައިނާއިން ނަގާފައިވާ 1.4 ބިލިޔަން ޑޮލަރުގެ ލޯނެއް ދެއްކުމަށް ގޮތްްތަކެއް ހޯދަން ލަންކާއިން ޗައިނާއާއެކު މަޝްވަރާ ކުރަމުން އަންނަ ވަގުތެއްގަ އެވެ. ޗައިނާގެ ފަރާތުން ލަންކާ ސަރުކާރަށް އެކަން ހުށަހެޅުއްވީ އެ ގައުމުގެ ބޮޑުވަޒީރު ލީ ކެގިއާން އެވެ. އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ ޗައިނާއިން ބަނދަރު ތަރައްގީ ކޮށްދޭން ޗައިނާއިން ތައްޔާރަށް އޮތްކަން ލީ ހާމަ ކުރެއްވީ ބެލްޓް އެންޑް ރޯޑް ފޯރަމްގެ ހަވާސާގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާއި އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ބެލްޓް އެންޑް ރޯޑް ފޯރަމް ބޭއްވީ މިމަހުގެ 12 އިން 15 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.

ބެލްޓް އެންޑް ރޯޑް މަޝްރޫއަށް 124 ބިލިޔަން ޑޮލަރު ހަރަދުކުރާނެ ކަަމަށް ޗައިނާއިން ކުރިން ވަނީ ބުނެފައެވެ.