ޕީޕީއެމް

ޕީޕީއެމް ސިޔާސީ ހަރަކާތް މުޅި ރާއްޖެއަށް ފުޅާކޮށްލަނީ

ޕީޕީއެމްގެ ޖަގަހަ ޖަލްސާތަކާއެކު ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ފުޅާ ކުރަން އަތޮޅުތަކުގެ ގޮފިތަކުގެ މަސައްކަތާއި ޖަގަހަތަކުގެ ހަރަކާތް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ސެކްޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ޕީޕީއެމާއި އެމްޑީއޭ އަދި ޑީއާރްޕީގެ ގުޅިފައިވާ ހަރަކާތްތައް ފެށުމާއެކު އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ދާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއާހިލާފަށް ޕީޕީއެމުން ޖަގަހަ ޖަލްސާތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަކަމަށާއި އޭގެ ނަތީޖާއަކަށް އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާތަކަށް މީހުން މަދުވެ އެ ބައްދަލުވުން އަޑުއަހާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

ހަލީލް މިހެން ވިދާޅުވި އިރު ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވީ ޕީޕީއެމްގެ ރޭލީތައް ބާއްވާ ޖަހަގައަށް ވުރެ ބޮޑު ޖާގައަކަށް އެ ހަކަރާކާތް ވަރަށް އަވަހަށް ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށާއި ރަށްރަށުގައި ހުރި ޕާޓީގެ ޖަގަހަތައް އަލުން ހުޅުވައި މާލޭގެ ހަރަކާތްތަކާ ގުޅިގެންދާނެ ގޮތަށް ރާވާނެ ކަމަށެވެ.