chattelegramwhatsappviber google-plus twitter facebook

ރާއްޖެ

ގިނަ އިނާމްތަކަކާއި އެކު އެފްއެންބީ ޝޯ ފަށައިފި

ހައިރައިޒް އިން އިންތިޒާމްކޮށްގެން ބާއްވާ ފުޑް އެންޑް ބެވްރެޖް ޝޯވ މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު އާޓް ގެލެރީގައި ފެށި މި ޝޯވއަކީ މި މަހުގެ 18، 19 އަދި 20 މި ތިން ދުވަހު ކުރިއަށް ގެންދާ ޝޯވ އެކެވެ. ކާބޯތަކެތި ޝޯވކޭސް ކުރާ މި ޝޯވ ގެ މިއަހަރުގެ މެއިން ސްޕޮންސާއަކީ މެގީ ނޫޑްލްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ލޮޓަސް ފިހާރަ އާއި އޮންދިގޯ އެވެ.

ތިން ދުވަހަށް އާޓް ގެލެރީގައި ކުރިއަށްދާ މި ޝޯވ ފަށައިފައިވަނީ 15 ކުންފުންޏަކާއި އެކު އެވެ. އެގޮތުން މިއަހަރުގެ ޝޯވގައި މިއަހަރު ބައިވެރިވާ ފަރާތްތަކަކީ ހޮބްސަންސް ޗޮއިސް އާއި ފޭންސީ ފުޑްސް އާއި ފުޑް ހަބް އާއި ސްޓެލްކޯ އާއި ޔޫރޯ ސްޓޯރާއި ކެފޭ ޑި އިޓާލިއާ އާއި ދަ ބެރީ ކޮމްޕެނީ އާއި ޑައިން އާއި ލިލީ އިންޓަނޭޝަނަލް އާއި އޮންދިގޯ އާއި ވީއެޗް ހޯލްޑިނގްސް - މޫވެންޕިކް އާއި ލޮޓަސް އާއި ޑިވައިން އާއި ޔުނައިޓެޑް ފުޑް ސަޕްލަޔާސް އަދި ކޮކާކޯލާ އެވެ.

މީގެ އިތުރުން މިއަހަރުގެ ޝޯވގައި ވެސް ތަފާތު ގިނަ އިނާމްތައް ހޯދުމުގެ ފުރުސަތުތައް ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު ޝޯވއަށް ޒިޔާރަތްކޮށްގެން ވިޒިޓް އެންޑް ވިން އާއި އެކްސްޕީރިއެންސް އެންޑް ވިން ފަދަ ޕްރޮމޯޝަންތަކުން އިނާމުތައް ހޯދުމުގެ ފުރުސަތުތައް ވަނީ ހުޅުވާލައިފަ އެވެ.

މިއަހަރުގެ ޝޯވގައި ތަފާތު އެކި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ހައިރައިޒް އިން މައުލޫމާތު ދެއެވެ. އެގޮތުން މަގްބޫލު ފަންނާނުންގެ ލަވަ ތަކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ޝޯވގެ ތެރެއިން ފެންނާނެ ކަމަށް ހައިރައިޒް އިން މައުލޫމާތު ދެއެވެ.

ހައިރައިޒްއިން އެފްއެންބީ ޝޯވ އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. ހައިރައިޒްއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިވެންޓްތައް އޮގަނައިޒް ކުރާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ބާއްވާ އަނެއް ފެއާއަކީ ވެކޭޝަން އެކްސްޕޯ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު