chattelegramwhatsappviber google-plus twitter facebook

ރާއްޖެ

ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމަކަށް އާދަމް ޝަރީފް އެމެރިކާއަށް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރަސްމީ ދަތުރެއްގައި އެމެރިކާގެ ހަވާއީއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ޑިފެންސް މިނިސްޓަރު ހަވާއީއަށް ކުރައްވާ މިދަތުރަކީ ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާއި އަދި އެފެންވަރުގެ ބޭފުޅުންނަށް އަމާޒުކޮށްގެން އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީޒްގައި މިމަހުގެ 21 އިން 26 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޓްރާންސްނޭޝަނަލް ސެކިއުރިޓީ ކޯޕަރޭޝަން" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަލްވަދާއު ދެންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު